- ކޮމެޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮމެޓީން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛
- ކޮމެޓީގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛
- ކޮމެޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކޮމެޓީން އެކަށައަޅާ މަސައްކަތު ތާވަލާއި ބަޖެޓުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރުން؛
- ކޮމެޓީގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވުމާއި ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛
- ކޮމެޓީން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛
- ކޮމެޓީ ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކޮމެޓީ ތަމްސީލުކުރުން؛
- ކޮމެޓީ ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
- ކޮމެޓީގެ މާލީ ޒިންމާތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛
- ކޮމެޓީގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛
- ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ޚަރަދުތައް ކުރުމުގެ ހުއްދަ ދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ޤަވާޢިދުން ހިންގާތޯ ބެލުން؛
- ކޮމެޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން؛
- މި މިނޫންވެސް ޤާނޫނުގައި ކޮމިޓީގެ މަސްއޫލިއްޔަތުތަައްކަމަށް ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
ތަފްސީލް