ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމަށާއި ކައުންސިލުން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކައުންސިލަށް ނަގާފައިވާ ކައުންސިލްގެ މުވައްޒަފުންނެވެ. 

ކައުންސިލް އިދާރާގެ މުވައްޒަފުންގެ މައްޗަށް ހިނގަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ ޤަވާޢިދުތަކެވެ.

މި ކައުންސިލްގައި ޖުމްލަ 43 މުވައްޒަފުން މަސައްކަތްކުރެއެވެ.

ކައުންސިލް އިދާރާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް، އިދާރީ އިސްމުވައްޒަފުގެ ގޮތުގައި ހުންނާނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. 

މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 7 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.