ބާވަތާއި ކެޓަގަރީ
 ސިއްހީ ހިދުމަތް
 ހެލްތް ސެންޓަރ
  • ޚިދުމަތްދޭންފެށުނު ތާރީޚް: 01 ފެބުރުވަރީ 1978
  • ތަނުންދެވޭ ޚިދުމަތްތައް:

- ގައިނޮކޮލޮޖިސްޓުގެ ޚިދުމަތް.

- ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރުގެ ޙިދުމަތް.

- ކޮމިއުނިޓީ ރީ-އިންޓެގްރޭޝަން ޕްރޮގްރާމް.

- 24 ގަޑިއިރު ޢާއްމު ބަލިތަކުގެ ޚިދުމަތް.

- ސީ އެމްބިއުލާންސްގެ ޚިދުމަތް.

- ލެބޯރެޓަރީގެ ޚިދުމަތް (ގްރޭޑް 3ގެ).

- ލޭއަޅަންޖެހޭ ބަލިމީހުންނަށް ލޭ އެޅުމުގެ ޚިދުމަތް.

- އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ ޚިދުމަތް.

- 24 ގަޑިއިރު އެމްބިއުލާންސްގެ ޚިދުމަތް.

- ނޯމަލް ޑެލިވަރީ ޚިދުމަތް.

- އިންސިޝަން އެންޑް ޑްރައިނޭޖް ޚިދުމަތް.

- ރައްޔިތުންގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ޕަބްލިކް ހެލްތު ޕްރޮގްރާމްތައް ހިންގުމަށް ޔުނިޓެއްގެ ޚިދުމަތް ލިބެމުން ދިއުން. 

- ދުންފަތާއި ދުރުވުމަށް އެހީވެދޭ ކްލިނިކުގެ ޚިދުމަތް. 

- ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކުގެ ޚިދުމަތް.

- ދިރިތި ޕޯޓަލް މެދުވެރިކޮށް ސާފުތާހިރުކަމުގެ ސެޓްފިކެޓް ދިނުމުގެ ޚިދުމަތް.

  • ތަނުންދޭ ޚިދުމަތް ތަރައްޤީވެގެން އައިގޮތުގެ ހިސްޓްރީ / ތަޢާރަފް:

- ހޯރަފުށީ ޞިއްޙީމަރުކަޒުގެ ޙިދުމަތް ފެށިފައިވަނީ 1978 ވަނައަހަރުގެ ފެބުރުވަރީ 01 ގައެވެ. މިހާރު 24 ގަޑިއިރުގެ ޚިދުމަތް މިމަރުކަޒުން ދެމުން ގެންދާތާ 46 އަހަރު ވަނީ ވެފައެވެ. މިވީ މުއްދަތުގެ ތެރޭގައި ޙިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2004 ވަނަ އަހަރުން ފެށިގެން ލެބޯރެޓަރީ އެއްގެ ޚިދުމަތް ފަށާ 03 ވަނަ ދަރަޖައިގެ ލެބޯރެޓަރީއަކުން ދެވޭ ޚިދުމަތްތައް ހޯރަފުށީގައި ފެށުނެވެ. ގައިނޮކޮލޮޖިސްޓެއްގެ ޚިދުމަތް 3 އަހަރުވަންދެން މެދުކެނޑިފައި އޮތުމަށްފަހު، 2017 ވަނައަހަރު ސަރުކާރުން ގައިނޮކޮލޮޖިސްޓެއް ފޮނުއްވާ އަލުން މިޚިދުމަތްވަނީ މި މަރުކަޒުގައި ފެށިފައެވެ. އަދި 2018 ވަނަ އަހަރުންފެށިގެން މިމަރުކަޒަކީ ސަރުކާރުން ގިންތިކުރައްވައިފައި ވާގޮތުން 04 ވަނަ ދަރަޖައިގެ ޞިއްޙީ ޚިދުމަތްތައް ލިބޭ މަރުކަޒެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރުވަނީ ކޮމިއުނިޓީ ރީ-އިޓެގްރޭޝަން ޕްރޮގްރާމް މި މަރުކަޒުގައި ފަށާފައެވެ. އަދި ދުންފަތާއި ސިނގިރޭޓް ބުއިމާއި ދުރުހެލިވުމަށް އެހީތެރިވުމުގެ ގޮތުން 2024 ނޮވެމްބަރު 13 ވަނަދުވަހުވަނީ ދުންފަތާއި ދުރުވުމަށް އެހީތެރިވުމަށް ކޮލިނިކުގެ ޚިދުމަތް ފެށިފައެވެ. 

ތަނުގެ ފޮޓޯތައް - ބޮޑުކޮށް ބަލާލުމަށް ފޮޓޯއަކަށް ފިއްތާލާ