ބާވަތާއި ކެޓަގަރީ
 ތަޢުލީމް ފޯރުކޮށްދޭ ތަނެއް
 ސްކޫލް
  • ޚިދުމަތް ދޭން ފެށުނު ތާރީޚް : 24 ޖުލައި 1979
  • ތަނުން ދެވޭ ޚިދުމަތްތައް:

-  އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 – 10އަށް ކިޔަވައިދިނުން

-  އޯލެވެލް އަދި އެސް.އެސް.ސި އިމްތިޙާނު ސެންޓަރ

-  ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ގްރޭޑް 3 – 10ގެ ދަރިވަރުންނަށް އިންޓްނެޓްގެ ޚިދުމަތް

-  ސައިންސް ލެބުގެ ޚިދުމަތް

-   ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ލައިބްރަރީގެ ޚިދުމަތް

  • ތަނުން ދޭ ޚިދުމަތް ތަރައްޤީވެގެން އައި ގޮތުގެ ތަޢާރަފް އަދި ހިސްޓްރީ

- ހއ.އަތޮޅު މަދަރުސާގެ ނަމުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގަންފެށިފައިވަނީ 24 ޖުލައި 1979 ގައެވެ.

- ހޯރަފުށީ ރަށު ކައުންސިލް އިދާރާ މިހާރުހުރި ބިމުގައި ދަނޑިފަނުން ހިޔާކޮށްފައިވާ ހއ. އަތޮޅު މަދަރުސާގައި ޕްރައިމަރީ ތަޢްލީމް ދޭން ފެށިފައިވަނީ 1981 ފެބްރުއަރީ މަހުން ފެށިގެންނެވެ.

- ހަމައެކަނި ޕްރައިމަރީ ތަޢްލީމް ދެވެމުންއައި މިމަދަރުސާގައި މެދުމަދަރުސީ ތަޢްލީމް ފެށިފައިވަނީ 1988 ޖަނަވަރީ 1 ގައެވެ. 

- 1996 ޖަނަވަރީ 14 ގައި، ކޮމާސް ސްޓްރީމުން ސާނަވީ ތަޢްލީމްދޭން ފެށުނެވެ. 

- 2001 ޖަނަވަރީ 1 ގައި، ސާނަވީ ފެންވަރަށް ސައިންސް ސްޓްރީމްގެ މާއްދާތައް ކިޔަވައިދޭން ފެށުނެވެ. 

- 2008 ވަނަ އަހަރު މަދަރުސާގައި މަތީސާނަވީއަށް ކިޔަވައިދޭން ފެށުނެވެ.

- 2012 އޮގަސްޓް 26 ން ފެށިގެން މި މަދަރުސާގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވެއެވެ.

- 2015ވަނަ އަހަރުން ފެށިގެން މި މަދަރުސާގައި ވޮކޭޝަނަލް ސްޓްރީމްގެ ބީޓެކް  ހޮސްޕިޓާލިޓީ އާއި ދަސްވާރު ޕްރޮގްރާމް ފެށުނު.

- އަލިފުޅުތުއްތު ފައުންޑޭޝަންގެ ފުރިހަމަ އެހީތެރިކަމާއެކު، 2015ވަނ އަހަރު ހއ. އަތޮޅު މަދަރުސާގެ ހުރިހާ ކްލާސްރޫމެއްގައި 60 އިންޗީގެ ސްމާޓް ޓީވީ ހަރުކޮށް ޚިދުމަތް ދޭން ފެށުނު.

- 2016ވަނަ އަހަރު މަލްޓިޕާޕޯސް ހޯލެއް ހުޅުވި އެތަނުގެ ބޭނުން ކުރަން ފެށުނު.

- 2018ވަނަ އަހަރު ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ގްރޭޑް 3ން މަތީގެ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދޫކުރެވި ކިޔަވައިދިނުން ޑިޖިޓަލް ކުރެވުނު. 

- އޭލެވެލްގެ އެންރޯލްމަންޓް އުސޫލަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ދަރިވަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އޭލެވެލް އަށް ކިޔަވައިދިނުން މެނދުކަނޑާލެވުނު.

ތަނުގެ ފޮޓޯތައް - ބޮޑުކޮށް ބަލާލުމަށް ފޮޓޯއަކަށް ފިއްތާލާ